Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އިނާޔަތާ ނުލައި ފަނޑިޔާރުންނަށް އިމާމުވެ ހުކުރު ކުރެވޭނެ

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ސަން

ފަނޑިޔާރުންނަށް އިތުރު އިނާޔަތަކާއި ނުލައި ހުކުރު ކުރުމަށް ހުރަހެއް ނެތް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިިފއެވެ.

އެކޮމިޝަނުން މިގޮތަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައެވެ. މީގެ ކުރިން ޟަރޫރީ ހާލަތެއްގައި މެނުވީ ފަނޑިޔާރުންނަށް އިމާމުވެ ހުކުރު ނުކުރެވެއެވެ. އަދި ނަމަވެސް ބުރާސްފަތި ދުވަހުގެ ނިންމުމާއެކު ފަނޑިޔާރުން ހުކުރު ކުރުމާއި މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އެކޮމިޝަންގެ ނިންމުމުގައި އިތުރަށް ބުނެފައިވާ ގޮތުން ފަނޑިޔާރުން އިމާމުވެ ހުކުރު ކުރާއިރު، އިތުރު އެއްވެސް އިނާޔަތެއް ނުވަތަ މަންފާއެއް ލިބިގެން ނުވާނެއެވެ.

ފަނޑިޔާރުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން މާލީ އެހެން އިނާޔަތެއް ލިބޭ ވަޒީފާއެއް ނުވަތަ މަސައްކަތެއް ކުރެވޭނީ ޖޭއެސްސީގެ ހުއްދަ ލިބިގެންނެވެ. އަދި މުސާރައިގެ އިތުރުން ފަނޑިޔާރުންނަށް ރަސްމީ ހައިސިއްޔަތުން ލިބޭ އެހެން ހަދިޔާތައް ވެސް ކޯޓުތަކާ ހަވާލުކުރަން ޖެހެއެވެ.