Last Updated: July 25, 05:53
Saturday, July 25, 2026
މުނިފޫހިފިލުވުން

އިލިއާނާ އަށް ފިރިހެން ކުއްޖެއް، ނަމަކީ ކޯއާ

އިންޑިއާގެ ބަތަލާ އިލިއާނާ ޑި ކްރޫޒަށް ލިބުނު އަލަތު ދަރިފުޅުގެ ނަން އިއުލާންކޮށްފި އެވެ.

އިންސްޓަގްރާމް ޕޯސްޓެއްގައި އޭނަ ބުނީ ދަރިފުޅު އުފަންވީ މި މަހުގެ 1 ގައި ކަމަށާއި ކުއްޖާގެ ނަމަކީ ކޯއާ ފީނިކްސް ޑޯލަން ކަމަށެވެ. ފީނިކްސް ޑޯލަން އަކީ އިލިއާނާގެ ބައިވެރިޔާގެ ނަމެވެ. "މޭ ތޭރާ ހީރޯ" އާއި "ބަރްފީ" އާއި "ރުސްތުމް" އަދި "ބާދުޝާހޯ" ފަދަ ކާމިޔާބު ހިންދީ ފިލްމުތައް ކުޅެފައިވާ އިލިއާނާ، 35، އަށް ދަރިއަކު ލިބުނު އިރު، މެއި މަހު ވަރަށް ސިއްރިޔާތުން ކައިވެނިކޮށްފައިވެ އެވެ.

މިހާތަނަށް ބައިވެރިއާއާ ބެހޭ އެއްވެސް ވާހަކައެއް އިލިއާނާ ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު މިދިޔަ މަހު ދެ މީހުން އެކީގައި ޑިނާ ޑޭޓް ނައިޓަކަށް ގޮސް ބައިވެރިޔާއާ އެކީ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައިގައި ޕޯސްޓްކުރި އެވެ.

އިންޑިއާގެ ދެކުނުގެ ފިލްމުތަކުން މަޝްހޫރުކަން ހޯދި އިލިއާނާ ކުރިން އެމެރިކާގެ ފޮޓޯގްރާފަރަކާ ވެސް ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އިލިއާނާ ބަލިވެއިންކަން އިއުލާންކުރުމާ އެކީ އޭނަގެ ބައިވެރި އަކީ ބަތަލާ ކެޓްރީނާ ކައިފްގެ ހަމައެކަނި ފިރިގެން ކޮއްކޮ ސެބަސްޓިއަން ކަމަށް ބުނެ މީޑިއާތަކުގައި ވަރަށް ބޮޑަށް އެ ވާހަކަ ދެކެވުމެވެ. އިލިއާނާ އާއި ސެބަސްޓިއަން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް އެރީ ކެޓްރީނާގެ އުފަން ދުވަސް ފާހަގަކުރަން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖެ އަށް ބޮޑު ޓީމަކާ އެކީ ކުރި ދަތުރާ ގުޅިގެންނެވެ. އެ ދަތުރުގެ ބައިވެރިންގެ ތެރޭގައި އިލިއާނާ އާއި ސެބަސްޓިއަން ވެސް ހިމެނުނެވެ.

އިލިއާނާގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "ދަ ބިގް ބުލް" އެވެ.