ދާދި ފަހުން "އެކްސް" އަށް ރިބްރޭންޑްކުރި ޓްވިޓާގެ ވެރިޔާ އީލޮން މަސްކާއި ފޭސްބުކް ފަދަ އެޕްތައް ހިންގާ މެޓަގެ ވެރިޔާ މާކް ޒަކަބާގް ކޭޖް ފައިޓް ބާއްވާނެކަން މިހާރު ގާތްގަނޑަކަށް ކަށަވަރުވެއްޖެ އެވެ.
މިކަމާ ގުޅުވައި އެ ދެ ބޭފުޅުން އިއްޔެ ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ޕޯސްޓްތަކަށް ބަލާ އިރު، މިކަމަކީ ވުން ވަރަށް ގާތް ކަމެކެވެ.
Zuck v Musk fight will be live-streamed on 𝕏.
All proceeds will go to charity for veterans.
— Elon Musk (@elonmusk) August 6, 2023
މިފަދަ ކުރިމަތިލުމަކަށް ދެ ބޭފުޅުން ވަޑައިގަންނަވާ ވާހަކަ ދެކެވުނީ އެފަދަ ދައުތެއް ސޯޝަލް މީޑިއާގައި މިދިޔަ ޖޫން މަހުގެ ތެރޭގައި "މާ ރަސްމީ ނޫން ގޮތަކަށް" އީލޮން ދެއްވުމާ ގުޅިގެންނެވެ.
Am lifting weights throughout the day, preparing for the fight.
Don’t have time to work out, so I just bring them to work.
— Elon Musk (@elonmusk) August 6, 2023
އޭގެ ފަހުން މީގެ ވާހަކަ ދެކެވި ނަމަވެސް ފަހުން ވަރަށް ބޮޑަށް އެ ވާހަކަ ހިނދިފައި އޮއްވައި އީލޮން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ކޭޖް ފައިޓަށް ދެ މީހުން ނުކުންނަވާނެ ކަމަށާއި އެ އިވެންޓް "އެކްސް" އިން ލައިވްސްޓްރީމުކޮށް އެއިން ލިބޭ ފައިސާ ކޭޖް ފައިޓް ވެޓެރެންސްއިންނަށް ހަދިޔާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
Am going with @WWE as my fighting style https://t.co/CggZ7HhrPQ
— Elon Musk (@elonmusk) August 7, 2023
އީލޮން ވިދާޅުވި ގޮތުގައި ކޭޖް ފައިޓަށް ތައްޔާރުވުމުގެ ގޮތުން އޭނަ މިހާރު ގެންދަވަނީ އެކަމަށް ކޮންމެ ދުވަހަކު ޓްރެއިނިން ވެސް ހައްދަވަމުންނެވެ.
Post by @zuckView on Threads
އީލޮންގެ އެ ވާހަކަތަކާ ގުޅިގެން ޒަކަބާގް ވަނީ އޭނަ ހުންނެވީ ކޭޖް ފައިޓަށް ކޮންމެ ވަގަކުތަކަށް ވެސް ތައްޔާރަށް ކަމަށް ވިދާޅުވެފަ އެޗ. އެގޮތުން މި މަހުގެ 26 ގައި ދެ މީހުންގެ ފުރަތަމަ ކުރިމަތިލުން ބާއްވަން ހުޑަހަޅުއްވާ ކަމަށް ތުރެޑްސްގައި ޒަކަބާގް އިއްޔެ ވިދާޅުވެފައިވެ އެވެ.
އަދި އޭނަ ވަނީ "އެކްސް" އިން އިވެންޓް ލައިވްކުރައްވާނެ ކަމަށް އީލޮން ވިދާޅުވެފައިވާތީ އެކަމާ ގުޅުވައި ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އިވެންޓުން ފައިސާއެއްކުރަން ވަރުގަދަ ޕްލެޓްފޯމެއް އިހުތިޔާރު ކުރުން ބުއްދިވެރި ކަމަށް ވިދާޅުވި އެވެ. ޒަކަބާގް އިޝާރާތްކުރެއްވީ އޭނަގެ ފޭސްބުކާއި އިންސްޓަގްރާމަށް ކަމަށް ބެލެވެ އެވެ.
Post by @zuckView on Threads
ދެ މަހުޖަހުން ކޭޖް ފައިޓަކަށް ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވާ އިރު، މެޓަ އިން މިދިޔަ މަހުގެ 5 ގައި ލޯންޗްކުރި "ތުރެޑްސް" އަކީ ޓްވިޓާގެ "ކޮޕީކެޓެއް" ކަމަށް ވިދާޅުވެ މެޓަ ގޮވައިގެން ކޯޓަށް ވަޑައިގަންނަވާނެކަނުގެ އިންޒާރު އިލޮން ދެއްވާފައިވެ އެވެ.