Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

ބޮޑު ހިނގާލުމަކާއެކު ގާސިމްގެ ކެންޑިޑަސީ ހުށަހަޅައިފި

ފޮޓޯ: ޖޭޕީ

ސަޕޯޓަރުންނާއެކު ހިންގަވާފައި ވަޑައިގެން ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

ކުނޫޒުން ފެށިގެން ހިންގަވާފައި ސަޕޯޓަރުންނާއެކު ޤާސިމް ދަރުބާރުގެއަށް ވަޑައިގެންނެވިއިރު، ޤާސިމަށް ތާއީދުކުރައްވާ ގިނަ ފަރާތްތަކެއް މި ހިނގާލުމުގައި ބައިވެރިވެފައިވެއެވެ.

ޤާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ޑރ. އިބްރާހިމް އަމީންއެވެ. ކެންޑިޑަސީ ހުށަހެޅި ރަސްމިއްޔާތުގައި އަމީންގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓަރު އަދި ޤާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ޤާސިމްގެ ކެމްޕޭން ހަރަކާތްތައް އަންނަނީ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަމުންނެވެ.

އިންތިހާބަށް ވާދަކުރުމުގެ ފަހުވަގުތަކީ މިއަދު މެންދުރު 02:00 އެވެ.