Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މުނައްވަރު އިންތިހާބުގައި ވާދަނުކުރަން ނިންމައިފި

ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ނިންމަވައިފިއެވެ.

ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާ ޑރ. މުނައްވަރު ސޮއި ހޯއްދެވުމަށްފަވެސް ފެއްޓެވިއެވެ.

އެހެންނަމަވެސް ޑރ. މުނައްވަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މުނައްވަރު ވަނީ އޭނާއަށް ތާއީދުކުރައްވާ ތާއީދު ފޯމުގައި ސޮއި ކުރެއްވި ފަރާތްތަކަށާއިއެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުވެސް އަދާކުރައްވާފައެވެ.

މުނައްވަރު މިފަހުން އެންމެ ބޮޑަށް ފެނިގެން ދިޔައީ ދެކުނުގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ސަރުކާރާއި ދެކޮޅަށް އަޑުއެފުއްލެވުމުގައި އުޅުއްވިތަނެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފަހު ވަގުތަކީ މިއަދު މެންދުރު 02:00 އަށްވީއިރު، އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުން އަންނަނީ ކެންޑިޑަސީ ހުށަހަޅުއްވަމުންނެވެ.