Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އުމަރުގެ ކެންޑިޑަސީ ހުށަހަޅައިފި

ރިޔާސ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ކެންޑިޑަސީ ފޯމް ހުށަހަޅުއްވައިފިއެވެ.

އުމަރުގެ ކެންޑިޑަސީ ފޯމް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ 1500 މީހުންގެ ސޮއި ބޭނުންވާނެއެވެ. އުމަރު އެންމެ ފަހުން ހާމަކުރެއްވިގޮތުގައި އިންތިހާބަށްވަނީ 2000 އަށްވުރެއއް ގިނަ ސޮއި ހަމަކުރައްވާފައެވެ.

އުމަރު އަންނަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތައްވެސް ބާރަށް ކުރިއަށް ގެންދަމުންނެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވާއިރު، އިންތިހާބުގައި ވާދަކުރައްވާ ގިނަ ފަރާތްތަކެއް މިއަދު ވަނީ އީސީއަށް ފޯމު ހުށަހަޅުއްވާފައެވެ.