ރިޔާސި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ފޯމް ހުށަހަޅުއްވައިފިއެވެ.
ފާރިސް ފޯމް ހުށަހަޅުއްވާފައިވަނީ މީގެކުޑައިރުކޮޅެއް ކުރިން ދަރުބޭރުގެއަށް ވަޑައިގެންނެވެ.
އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ 1500 މީހުންގެ ސޮއި ބޭނުންވެއެވެ. ފާރިސް ފޯމް ހުށަހަޅުއްވާފައިވަނީ 2662 ތާއީދު ސޮޔާ އެކުއެވެ.
ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ޑރ. އަބްދުއްސައްތާރު ޔޫސުފްއެވެ. ޑރ. އަބްދުއްސައްތާރަކީ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
އެމްއާރްއެމްގެ ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ފާރިސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާތީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނަ ދުވަސް ކަމަށްވާ 9 ސެޕްޓެމްބަރުގެ 18:00 އާއި ހަމަޔަށް ޕާޓީގެ ހިންގުމުގެ މަސައްކަތްތަކުން ވަގުތީގޮތުން ވަނީ އެކެހެރިވެފައެވެ. އަދި ރިޔާސީ ކެންޕެއިން ނިމެންދެން މި މުއްދަތުގައި އެމްއާރްއެމް ހިންގުން ވަގުތީ ގޮތުން ޕާޓީގެ ނައީބު ރައީސް އާމިނަތު ނާދިރާއާ ވަނީ ހަވާލު ކޮށްފައެވެ.