ޑިޒައިން އެންޑް ބިލްޑް އުސޫލުން ފުވައްމުލައްސިޓީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މި މަޝްރޫއު ހަވާލު ކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މިމަޝްރޫއަށް ހަރަދު ކުރަނީ ދިވެހިސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަޝްރޫއަށް ޖުމުލަ 469،787،688.00 ރުފިޔާ ހަރަދުކުރެއެވެ.
400 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫއުގައި ހިމެނެނީ 400 ފްލެޓެވެ. ކޮންމެ ފްލެޓެއްގައި 1000 އަކަފޫޓް ހުންނާނެ ކަމަށާއި ފްލެޓެއްގައި، ހިމެނޭނީ 3 ކޮޓަރި، 3 ފާޚާނަ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހުންނާނެއެވެ. ހައުސިންގ ޔުނިޓްތައް އިމާރާތް ކުރެވެނީ 11 ބުރިޔަށެވެ. ގްރައުންޑް ފްލޯ ބޭނުންކުރާނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީސް އަދި އެތަނުގައި ކޮންމެ އެޕާރޓްމަންޓަކަށް ސައިކަލް ޕާކިން ޖާގައެއް ދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.