ދިވެހި ދަތުރުވެރިންނަށް އެލެކްޓްރޯނިކް ވިސާ ނުވަތަ އޮން އެރައިވަލް ވިސާ ދޭން ސައުދި އަރަބީއްޔާއިން ނިންމައިފިއެވެ.
ސައުދި އަރަބީއްޔާއިން ދޭ މި ވިސާގެ ސަބަބުން ފަތުރުވެރިކަމަށާއި، ޢުމްރާކުރުމަށާއި، ވިޔަފާރީގެ ބޭނުންތަކަށް ނޫނީ އާއިލާއާއި ރަޙްމަތްތެރިންނަށް ޒިޔާރަތް ކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަރުތުކުރާ ދިވެހިންނަށް ވިސާ އެއާޕޯޓުން ނުވަތަ އޮންލައިންކޮށް ވިސާ ލިބޭނެއެވެ. މީގެ ކުރިން މިއިން އެއްވެސް ދަތުރަކަށް ވިސާ ހަމަޖެހެނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ މެދުވެރިކޮށެވެ.
ސައުދީ ސަރުކާރުގެ މި ނިންމުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކޮށްފައެވެ. އެގޮތުން ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާނަށާއި ޓުއަރިޒަމް މިނިސްޓަރު އަޙްމަދު އަލްޚަތީބަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި މިއީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަތުރުވެރިކަމަށާއި، ޢުމްރާކުރުމަށާއި، ވިޔަފާރީގެ ބޭނުންތަކަށް ނޫނީ އާއިލާއާއި ރަޙްމަތްތެރިންނަށް ޒިޔާރަތް ކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަރުތުކުރާ ދިވެހިންނަށް އިލެކްޓްރޯނިކް ވިސާ ނުވަތަ އެއާޕޯޓުން ވިސާ ނެގޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ސަޢޫދީ ސަރުކާރުން…
— Abdulla Shahid (@abdulla_shahid) August 7, 2023
ސައުދީ އޮން އެރައިވަލް ވިސާގައި، ހައްޖު މޫސުމުގައި އުމްރާ އަޅުކަން އަދާ ނުކުރެވޭނެއެވެ. އަދި ސައުދީގައި ލާރި ހޯދާ އިތުރު މަސައްކަތެއް ނުކުރެވޭއިރު، ވިސާ ރިނިއު ކުރަން ހުށަހެޅޭނީ ވިސާ ހަމަވުމުންނެވެ.
ސައުދީ އޮން އެރައިވަލް ވިސާ ލިބޭ ޤައުމުތަކުގެ ލިސްޓަށް ރާއްޖޭގެ އިތުރުން، އަލްބޭނީއާ، އަޒަރުބައިޖާން، ޖޯޖިއާ، ކިރިގިސްތާން، ސައުތު އެފްރިކާ، ތަޖުކިސްތާން އަދި އުޒްބެކިސްތާން ހިމެނެއެވެ.