Last Updated: July 11, 19:25
Saturday, July 11, 2026
ދުނިޔެ

ޓްވިޓާ އަށް އިތުރު އާ ފީޗާއެއް ގެންނަނީ

ދާދި ފަހުން "އެކްސް" އަށް ރިބްރޭންޑްކުރި ޓްވިޓާ އަށް އާ ފީޗާއެއް ގެންނަން ތައްޔާރުވާން ފަށައިފި އެވެ.

މި ފީޗާ އަކީ ޓްވީޓްތައް "ތަރުބީތުކޮށްލެވޭ" ފީޗާއެކެވެ. އެގޮތުން މީގައި ތިން އޮޕްޝަނެއް އިންނާނެ އެވެ. އެއީ އެންމެ ފަހުގެ ޓްވީޓްތަކާއި އެންމެ ގިނަ ލައިކް ލިބުނު ޓްވީޓާއި އެންމެ ގިނައިން އެ ޓްވީޓަކާ އެންގޭޖްވެ އުޅެވުނު ޓްވީޓެވެ. މި ތިން އޮޕްޝަނާ އެކީ "ސޯޓް ޕޯސްޓްސް ބާއި" ފީޗާ އަށް މިހާރު މަސައްކަތް ކުރެވެމުން އަންނަކަން ޓްވިޓާގެ ޑިޒައިނަރެއް ކަމަށްވާ އެންޑްރިއާ ކޮންވޭ އޭގެ ސްކްރީން ޝޮޓްތަކަކާ އެކީ ޓްވީޓްކޮށްފައިވެ އެވެ.

އެކަމަކު މި ފީޗާ އާންމުކުރާނެ އިރަކާއި މިއާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް ދީފައެއް ނުވެ އެވެ. ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނީ ފަހަރު މި އާ ފީޗާ "ޓްވިޓާ ބްލޫ" ބޭނުންކުރާ މީހުންނަށް ހާއްސަކޮށްފާނެ ކަމަށެވެ.

މަހުޖަނު އީލޮން މަސްކް މިދިޔަ އަހަރު ޓްވިޓާ ބައްލަވައިގަތް ފަހުން މިއަށް އެކި ކަހަލަ ބަދަލުތަކާއި ތަފާތު އެކި ފީޗާތައް ގެނެސްފައިވެ އެވެ.