Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މަޑަވެލީ ޖަގަހައިގައި ހުޅުޖެހުން ނަޝީދު ކުށްވެރިކޮށްފި

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގދ. މަޑަވެލީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާ ބޭއްވުމަށްހެދި ޖަގަހައިގައި ރޯކޮށްލުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބާއި ގުޅުވާ މީހުން ހައްޔަރުކޮށް ތަންތަން ރޯކޮށް މުދަލަށް ގެއްލުންދީ ހަދައިގެން ނުވާނެ ކަމަށެވެ.

އަދި މަޑަވެލީ އެމްޑީޕީ ޖަގަހައިގައި ހުޅުޖެހުން ކުށްވެރިކުރާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގދ. މަޑަވެލީގައި ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާ ބޭއްވުމަށްހެދި ޖަގަހައިގައި ރޯކޮށްލުމުން މިއަދު ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ބަނދަރު ހޮޅުވަށީގައެވެ.