ރިޔާސީ އިންތިހާބުގައި ވާދަކުރި ފަރާތްތަކުގެ ތެރެއިން ނަން އަބުރަން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ ހަވީރު 04:30 އާ ހަމައަށް އޮންނާނެ ކަމަށެވެ.
އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ނަން ތަރުތީބު ކުރުން މާދަމާ ހަވީރު 04:30 އަށް ވަނީ ތާވަލު ކޮށްފައެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، އިންތިހާބުގައި ވާދަކުރައްވާފައިވަނީ 8 ބޭފުޅެެކެވެ.
އެއީ އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، ޕީއެންސީގެ ޓިކެޓުގައި ޑރ. މުހައްމަދު މުއިއްޒު، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް، ޑިމޮކްރެޓްސްގެ ޓިކެޓުގައި އިލްޔާސް ލަބީބް، އަމިއްލަ ގޮތުން ފާރިސް މައުމޫން، އުމަރު ނަސީރު އަދި ހަސަން ޒަމީލްއެވެ.