Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މަޑަވެލީގައި ހިންގި މަޝްރޫއުތަކެއް އިފްތިތާހުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ގދ. މަޑަވެލީގައި މި ސަރުކާރުން ނިންމި ބައެއް މަޝްރޫއުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ކެމްޕޭނަށް ގދ. މަޑަވެއްޔަށް ވަޑައިގެން ރައީސް ސޯލިހް ވަނީ އެރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. މަޑަވެލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

މީގެއިތުރުން އެރަށު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ރަސްމީގޮތުން ހުޅުއްވައިދެއްވައިވެއެވެ.

މަޑަވެލީ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި 3 އޯޕީޑީ ރޫމާއި ލެބޯޓްރީ، އީ.އާރު، ރިސެޕްޝަން އަދި ވެއިޓިންގ ރޫމާއި ޑްރެސިންގ އެންޑް އިޖެކްޝަން ރޫމް ހިމެނެއެވެ.