Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އިލްޔާސާއި ނަޝީދު ފުވައްމުލަކަށް ފުރާވަޑައިގެންފި

ފޮޓޯ: އަހްމަދު އަންވަރު

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލައްސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އިލްޔާސް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރު ކުރައްވަމުން ގެންދަވާއިރު، އިލްޔާސްއާއެކު ރައީސް ނަޝީދުވެސް އަންނަނީ ކެމްޕޭން ދަތުރުތަކުގައި ބައިވެރިވަމުންނެވެ.

ފުވައްމުލަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ ސިޓީގެ އެކި އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކޮށް ކެމްޕޭނުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ކެމްޕެއިންގައި އިލްޔާސާއި ނަޝީދު މީގެކުރިން ވަނީ އައްޑޫ ސިޓީ އާއި ދ އަދި ތ. އަތޮޅަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

އިލްޔާސްގެ ކެމްޕޭނުގެ ތެރެއިން ޑިމޮކްރެޓްސްއިން އަންނަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގާ ޕާޓީގެ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ޕާޓީގެ އެކި ސިޔާސަތުތައް އިއުލާނުކޮށް އެ ސިޔާސަތުތަކާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުންދެއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި އިލްޔާސް ވާދަކުރައްވާއިރު އޭނާގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ.