Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ރަންވީރާ އެކީ "ޑޮން 3" ގެ ޓީޒާއެއް

ރަންވީރު ސިންގްއާ އެކީ "ޑޮން 3" ގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.

އެ ފިލްމު ޕްރޮޑިއުސްކުރާ އެކްސަލް އެންޓަޓައިންމަންޓްގެ ޓީމާއި ރަންވީރުގެ ސޯޝަލް މީޑިއާގައި ވެސް ޓީޒާ ޕޯސްޓްކޮށްފައިވެ އެވެ. ރަންވީރާ އެކީ "ޑޮން 3" ހަދަން ނިންމި އިރު، މި ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމުގައި ޓައިޓްލް ރޯލު ކުޅުނީ ޝާހްރުކް ޚާނެވެ. އަދި 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2" ގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، ފަރުހާން އަޚްތަރު "ޑޮން 3" އެކީ ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަ އިރު، މި ފިލްމުގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. އެކަމަކު އަދި އެކަން ކަށަވަރުކޮށެއް ނުދެ އެވެ.

"ޑޮން 3" ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ 2025 ގަ އެވެ.