ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ފުވައްމުލައްސިޓީގައި ދޮރުން ދޮރަށް ހަރަކާތް ފައްޓަވައިފިއެވެ.
ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ފުވައްލުމަކުގައި ކެމްޕޭން ހަރަކާތް ކުރިއަށް ގެންދަވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންވެސް އަންނަނީ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަމުންނެވެ.
މީގެއިތުރުން ތާއީދުކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވާ ޑިމޮކްރެޓްސްގެ ސިޔާސަތުތައް ހިއްސާކުރަމުން ގެންދެއެވެ.
ރައީސް ނަޝީދު ފުވައްމުލަކުގައި 🏃♂️🏃♂️
ފުވައްމުލަކުން ޑިމޮކްރެޓްސްގެ ރިޔަަސީ ކެނޑިޑޭޓު @ilyas_labeeb ބޮޑޮކޮށް ނަގާނެ 👊#Live Fuvahmulah #IlliAmr2023#WeTheDemocrats#WhyTheDemocrats pic.twitter.com/MEslQdzdS3
— Sim (@Simwarr) August 9, 2023
އިލްޔާސްގެ ކެމްޕޭނަށް ރޭ ވަނީ ފުވައްމުލައްސިޓީގައި ޖަލްސާއެއްވެސް ބާއްވާފައެވެ.
ފުވައްމުލަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ ސިޓީގެ އެކި އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކޮށް ކެމްޕޭނުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ކެމްޕެއިންގައި އިލްޔާސާއި ނަޝީދު މީގެކުރިން ވަނީ އައްޑޫ ސިޓީ އާއި ދ އަދި ތ. އަތޮޅަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
އިލްޔާސްގެ ކެމްޕޭނުގެ ތެރެއިން ޑިމޮކްރެޓްސްއިން އަންނަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގާ ޕާޓީގެ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ޕާޓީގެ އެކި ސިޔާސަތުތައް އިއުލާނުކޮށް އެ ސިޔާސަތުތަކާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުންދެއެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި އިލްޔާސް ވާދަކުރައްވާއިރު އޭނާގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ.