ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި ރޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް އެންޑީއޭ) ގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ ބޭއަދަބީ ވާހަކަތަކެއް ދެއްމެވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
ގދ. ގައްދޫގައި ރޭ ބޭއްވި ޖަލްސާގައި އޭނަ ވަނީ މާލޭގައި ކުރިން އިންދި ފެންފޯއްރުއްތަކާ ގުޅުވައިގެން "އަވަގުރާނަ" ގޮވައިފަ އެވެ. ވަރަށް ޖޯޝްގައި ރަފިއްޔާ ވާހަކަ ދެއްކެވި އިރު، އެކަހަލަ ކަންކަން ކުރަންޏާ "…ފައިން ވެސް އެރޭނެ" ކަމަށް ވިދާޅުވެފައިވެ އެވެ.
It's a shame to hear such language from an educated woman like @Arafiyya Rather than using profanity, offensive language, and innuendos, she should focus on presenting factual information, discussing policies, and engaging in meaningful discussions. #FreePresidentYameen https://t.co/mAzMXlzoxN
— 𝘼𝙞𝙨𝙝𝙖𝙩𝙝 𝙄𝙮𝙖𝙙𝙝 (@Aishath_Iyadh) August 9, 2023
އަންހެނަކު ސިޔާސީ ޕޯޑިއަމެއްގައި ގިނަ ބައެއްގެ ކުރިމަތީގައި މިގފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ރަފިއްޔާ އަށް ވަރަށް ގޮނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވެ އެވެ. އޭގެ ތެރޭގައި ބައެއް އާންމުންނާއޮ ދީނީ ބައެއް އިލްމުވެރިން ވެސް ހިމެނެ އެވެ.
ރަފިއްޔާ އެމްޑީޕީ ޕޯޑިއަމްގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރަށް ޖެއްސުންކޮށް މަލާމާތް ކުރިއިރު، އެމްޑީޕީގެ ލީޑަރޝިޕް އޮތީ އަތްޖަހަން!
މާނައަކީ، 08' އިން 12' އަށް ހެޔޮވެރިކަމެއް ކުރި އެމްޑީޕީ އެއް ނޫނޭ މިހާރުގެ އެމްޑީޕީއަކީ، މިއީ މުޅިންވެސް އެހެން ބައެއްކަން ސާބިތު މިވީ.@faya_i https://t.co/dzvpJZmuhe— -އައްޑޫ ފިކުރު- (@zammu88) August 8, 2023
އެގޮތުން ޝެއިހު އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ އަދަބު އަހުލާގު ނުދަންނަ މީހުން ޕޯޑިއަމްތަކަށް ވާހަކަ ދައްކަން އެރުވުމަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ރޭގެ ޖަލްސާގައި ރަފިއްޔާ ދެއްކެވި ވާހަކަތަކުގައި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވޭނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވި އެވެ.
@Arafiyya If you intend to continue with MDP campaign, we encourage you to prioritize factual information instead of using explicit language. Alternatively, you may choose to express such speech in a different setting but definitely not throughout MDP campaign. https://t.co/6tFPKmtNow
— Mariem Asna (@mariem_anu) August 9, 2023
"ﷲ އިރާދަފުޅުކުރެއްވިިޔާމުން ރާއްޖޭގެ ތާރީޚް ބަދަލުކުރައްވާނެ ރައީސަކީ ވެސް މިއީ. ދެވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ދެވަނަ ދައުރަކަށް ހުވާ ކުރައްވާނެ ރައީސް. އެހެންވީމާ ތި ބޭފުޅުން އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތް،" އޭނަ ވިދާޅުވި އެވެ.