Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ވާދޫގެ "އެމްޑީޕީ ޔޫތް ޖަގަހަ" ހުޅުވައިދެއްވައިފި

ގދ. ވާދޫ "އެމްޑީޕީ ޔޫތް ޖަގަހަ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައިދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވާއިރު، އެކި ރަށްރަށުގައި ޖަގަހަތައް ހުޅުވައިދެއްވާ އެކި އެކި ސިޔާސީ ހަރަކާތްތައް ރައީސް ސޯލިހް ގެންދަވަނީ ކުރިއަށް ގެންދަވަމުންނެވެ.

އެގޮތުން ގދ. ވާދޫ އަށް ވަޑައިގަތުމުން ރައީސް ސޯލިހަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ރަތް ދޫލައިގައި ރައީސް ސޯލިހަށް ވާދޫއިން މަރުހަބާ ކިޔާފައިވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ނުކުމެފައިވެއެވެ.

ރައިސް ސޯލިހް ވަނީ އެރަށުގައި ސަޕޯޓަރުންނާއެކު ކެމްޕޭން ބައްދަލުވުން ބާއްވަވާފައެވެ. އަދި އެރަށުގެ "އެމްޑީޕީ ޔޫތް ޖަގަހަ" ވެސް ހުޅުވައިދެއްވާފައިވެއެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހް ރަނިންމޭޓެއްގެ ގޮތުގައި ހިޔާރު ކުރައްވާފައިވަނީ މެންބަރު މުހައްމަދު އަސްލަމެވެ. އަދި މި އިންތިހާބުގައި އެމަނިކުފާނާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއިންނެވެ.