Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މާމެންދޫ މަގުތަކުގައި ތާރުއަޅަން އާރްޑީސީއަށް

ގއ.މާމެންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ)އާ ހަވާލު ކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މާމެންދޫ ބޮޑެތި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީއަށް ހަވާލު ކޮށްފައިވަނީ 138،675،598.56 ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 5.47 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތިޖެހުން ހިމެނެއެވެ.

މި މަސައްކަތް ހަވާލު ކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.