Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ރަސްދޫ ބަނދަރުގެ ބޭރުތޮށިލާން ތައްޔާރުވެއްޖެ

އއ. ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ.

އއ. ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީން ބުނެފައިވަނި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 9 އޯގަސްޓް 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 106,552 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބިން ހިއްކުމާއި، 106 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1,656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 177 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 244 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 43 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން ހިމެނެއެވެ. އަދި 20 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، އިންޓެގްރޭޓެޑް ނެޝިނަލް ޕަބްލިކް ފެރީ ނެޓްވޯކް އަށް އެކްސެސް ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތެ ހިމެނެއެވެ.

އއ. ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 80.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.