Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ޑްރަގާ އެކީ ހުޅުދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކީ އައްޑޫ ހުޅުދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 31 އަހަރުގެ އެ ފިރިހެން މީހާ އެ އަވަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕެރޭޝަނެއްގައި ކަމަށެވެ. އެގޮތުން އިއްޔެ ހިންގި
އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.