ސައުދީ އަރަބިއްޔާ އާއި އިރާންގެ ސިޔާސީ ގުޅުން ގޯސްވުމާ ގުޅިގެން މީގެ ހަތް އަހަރު ކުރިން ބަންދުކުރި އިރާންގައި ހުރި ސައުދީ އެމްބަސީ އަލުން ހުޅުވައިފި އެވެ.
މީޑިއާތަކުން ބުނީ 2016 ގައި ބަންދުކުރި އެމްބަސީ އަލުން ރަސްމީކޮށް ހުޅުވީ އިއްޔެ ކަމަށެވެ. ނަމަވެސް އެތަނުގެ މަސައްކަތް އަލުން ފެށީ މިދިޔަ އާދީއްތަ ދުވަހު ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. އެހެންވެ ދެން ކުރިއެކޭ އެމްބަސީ މެދުވެރިކޮށް ދެ ގައުމުމުގެ ޑިޕްލޮމެޓިކް ގުޅުން ހަރުދަނާކޮށް، ބަދަހި ކުރަން މަސައްކަތް ކުރެވޭނެ އެވެ. އިރާންގައި ހުރި ސައުދީގެ އެމްބަސީ ބަންދުކުރީ 2016 ވަނަ އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ގޯސްވެ، އެތަނަށް ހަމަލާތަކެއް ވެސް ދިނުމާ ގުޅިގެންނެވެ.
ނަމަވެސް މި ފަހަކަށް އައިސް ސައުދީ އާއި އިރާންގެ ގުޅުން އައީ މަޑުމަޑުން ރަނގަޅުވަމުންނެވެ. މި ދެ ގައުމު ސުލްހަކޮށް، އަލުން ގުޅުން އާލާކުރަން ޗައިނާ އިން މެދުވެރިއެއްގެ ރޯލު ވަރަށް ބޮޑަށް އަދާކޮށްފައިވެ އެވެ.
އިރާންގައި ހުންނަ ސައުދީ އެމްބަސީ އަލުން ހުޅުވުމާ ގުޅޭ ގޮތުން ދެ ގައުމުގެ ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.