Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ކޮނޑޭގައި ނިންމި މަޝްރޫއުތަކެއް އިފުތިތާހުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގއ. ކޮނޑޭ ގައި މި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކޮނޑޭއަށް ވަޑައިގެން ރައީސް ސޯލިހް ވަނީ އެ ރަށުގައި ގާއިމުކޮށްފައިވާ ކޮނޑޭ ކައުންސިލްގެ އައު އިމާރާތާއި، ފެނަކަ އައު އިންޖީނުގެއާ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ކޮނޑޭ ކައުންސިލް އިމާރާތަކީ، ޖާގަ ތަނަވަސް އަދި ޒަމާނީ، އޮފީސް އިމާރާތެކެވެ. ކޮނޑޭ ކައުންސިލްގެ އައު އިމާރާތް ބިނާކޮށްފައި ވަނީ، އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރައްވައިގެންނެވެ.

މީގެ އިތުރުން ކޮނޑޭ ފެނަކަ އައު އިންޖީނުގެއާ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް ޒަމާނީ އިމާރާތެކެވެ. އައު އޮފީހުގައި ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 500 ކިލޯވޮޓްއެވެ. ކޮނޑޭގައި މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގޭގެ އިމާރާތަކީ 21 އަހަރުވީ ޢިމާރާތެކެވެ.