ހުޅުމާލެއިން ކުޑަ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެއިން ކުޑަ ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
އިއްޔެ އިރުއޮސި 6 ގެ ފަހުން އައިޝާ ބިން މަހްމޫދު ވަނީ ގެއްލިފަ އަދިވެސް ފެނިފައެއް ނުވޭ
އައިޝާއާއި ބެހޭ އެއްވެސް މައުލޫމާތެއްވާނަމަ 9742709 އަށް ގުޅާލަ ދެއްވާٱلْمُعِيدُ 🤲
Aisha Binth Mahmood Riyaz
Gahaakolhi / R Maakurathu
H5-09-13
12 y pic.twitter.com/WD72nAchas— Ali Asgar 🇲🇻 (@AliAshgar) August 9, 2023
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ގެއްލިފައިވަނީ އިއްޔެ އިރުއޮސި 6 ގެ ފަހުންނެވެ. މި ކުއްޖާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.