ނ. ވެލިދޫ ޕިކްނިކް އައިލެންޑް ހެދުން އަދި އދ. ދިއްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އަށް ހަވާލު ކޮށްފިއެވެ.
ނ. ވެލިދޫ ޕިކްނިކް އައިލެންޑް ހެދުމަށް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 20،693،664.00 ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން 1.5 ހެކްޓަރ ބިން ހިއްކުމާއި، 412 މީޓަރ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 50 މީޓަރ ރޮކް ބޯލްޑަރ ގްރޮއިން ޖެހުން ހިމެނެއެވެ.
މީގެއިތުރުން އދ. ދިއްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 22,998,982.32 ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރު 3 މީޓަރަށް ފުން ކުރުމާއި، ނެރު 4 މީޓަރަށް ފުން ކުރުމާއި، 89 މީޓަރުގެ ބޮޑުހިލަ ގްރޮއިން، 137 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ އާއި 257 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް އަދި 30 މީޓަރުގެ އެލް-ބްލޮކް ވާޓަރު ޤާއިމް ކުރުން ހިމެނެއެވެ.