Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ހުޅުމާލެއިން ގެއްލުނު ކުއްޖާ ފެނިއްޖެ

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔައީ، އުމުރުން 12 އަހަރުގެ އަންހެން ކުއްޖެއެވެ. އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޮގަސްޓް 10 ވަނަ ދުވަހުގެ 00:58 އެހައިކަންހާއިރުއެވެ.

ފުލުހުން ބުނެފައިވަނީ މިއަދު 13:44 އެހައިކަންހާއިރު އެކުއްޖާ މާލެ އިން ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކުއްޖާގެ ހާލު ރަނގަޅުު ކަމަށް ފުލުހުން ބުނެފައިވާއިރު، މިކަމާ ގުޅުންހުރި އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.