Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ޒީނަތުގެ މަރުހަބާ ރަންވީރަށް

"ޑޮން" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ކުޅެން ލިބުމާ ގުޅިގެން އެކަމުގެ އުފާ ހިއްސާކޮށް ރަންވީރު މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓްފައި އޮރިޖިނަލް "ޑޮން" ގެ ބަތަލާ ޒީނަތު އަމަން، ރަންވީރަށް މަރުހަބާ ކިޔައިފި އެވެ.

ޒީނަތަކީ އަމީތާބް ބައްޗަން ޑޮންގެ ރޯލު ކުޅުނު 1978 ގެ ފިލްމުގެ ބަތަލާ ރޯމާގެ ކެރެކްޓާ އަށް ދިރުން ގެނެސްދިން ތަރި އެވެ. އަދި އެ ކެރެކްޓާ ސިފަކޮށްފައި އޮތީ ޖެހިލުން ކުޑަ "ޖަނގްލީ ބިއްލީ" ގެ ގޮތުގަ އެވެ. ޝާހްރުކް ޚާނާ އެކީ ޑައިރެކްޓަރު ފަރުޚާން އަޚްތަރު ގެނެސްދިން 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2" ގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

ރޯމާގެ ރޯލު އޭނަ ކުޅެފައިވާ ގޮތަށް ޒީނަތު ކުރިން ތައުރީފުކޮށްފައިވެ އެވެ.

ރަންވީރުގެ ޕޯސްޓަށް ޒީނަތު ކުރި ކޮމެންޓްގައި ޑޮންގެ ރޯލު ކުޅެން ރަންވީރަށް ލިބުނީތީ މަރުހަބާ ކިޔައި، އޭނަ އަށް "ހިތްގައިމު ޖަނގްލީ ބިއްލީއެއް" ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ. ޒީނަތުގެ އެ ކޮމެންޓާ އެކީ އެއީ މިއަދު ލިބުނު އެންމެ ހިތްގައުމު ކޮމެންޓް ކަމަށާއި ޒީނަތުގެ ހެޔޮދުއާ ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ރަންވީރު ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޑޮން 3" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. އެކަމަކު ފިލްމުގެ ޓީމުން އެކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ. ރަންވީރު ޑޮންގެ ރޯލު ކުޅޭ ގޮތަށް ފިލްމު ރަސްމީކޮށް އިއުލާންކުރީ އިއްޔެ އެވެ.

"ޑޮން 3" ބެލުންތެރިންނަށް ގެނެސްދޭނީ 2025 ގަ އެވެ.