ނ. ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފިއެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ. އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މިމަޝްރޫޢުގެ ދަށުން 10،276 އަކަފޫޓުގެ ސަރަހައްދެއްގައި 2 ކްލާސް ރޫމާއި، 1 ލައިބްރަރީގެ އިތުރުން 2 ވޯކްޝޮޕް އިމާރާތް ޤާއިމް ކުރާނެއެވެ. މަޝްރޫޢުއަށް ޖުމްލަ 11.91 މިލިއަން ރުފިޔާ ހޭދަވާއިރު، މަޝްރޫޢު 270 ދުވަހުގެ ތެރޭ ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
ނ. ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފި
ޕްރެސް ރިލީޒް:https://t.co/JdvD9qPqEV pic.twitter.com/to7BC8aViG
— MTCC Plc (@MTCCPlc) August 10, 2023
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވީ، މީހުން ތަމްރީންކޮށް ބިނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެއްކަމަށެވެ. އެގޮތުން ރާއްޖޭގެ 6 ސަރަޙައްދެއްގައި ޓިވެޓް ސެންޓަރުތައް ތަރައްޤީކޮށް އެތަންތަނުގައި މީހުން ބިނާކުރަމުންދާއިރު ޖޫނިއަރ ކޮލެޖް މިއީ މިރޮނގުން ރާއްޖެ އެހެން ހަރުފަތަކަށް ގެންދާނެ މަޝްރޫޢެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ މީހުން ބިނާ ކުރުމުގެ މަސައްކަތް ފެށިގެންދާނެ މިނިސްޓްރީން ބުނެއެވެ.
މި ރަސްމީއްޔާތުގައި އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ސްކޫލްތައް ތަރައްޤީ ކުރުމަކީ އެމްޓީސީސީން ކުރާ މަސައްކަތެއް ނޫން ކަމަށާއި ނަމަވެސް މިއީ ފެށުމެއް ކަމަށެވެ.
އާބާދީގައި 2700 އެއް ހައި މީހުން ދިރިއުޅޭ ނ. ވެލިދޫ އަކީ، ފަތުރުވެރިކަމަށް ބަރޯސާވާ ރަށެކެވެ. މި އަތޮޅުގެ ގިނަ ބަޔަކު އުޅެނީ، ރިސޯޓު ތަކުގައި އުޅޭއިރު ތަޢުލީމު ހޯދަން ބޭނުންވާ ޒުވާނުން ތިބި ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.