ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2" އިން ވަކިކޮށްފައިވާ އެކްޓަރު ކާތިކްއާ އާރިއަނާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ސްޓޫޑިއޯގެ ވެރިޔާ ކަރަން ޖޯހަރް ބުނެފި އެވެ.
ދެހާސް ނަވާރައިގައި ޝޫޓިން ފެށި ފިލްމުން ކާތިކް ވަކިކުރި ފަހުން ކަރަން އާއި ކާތިކާ މެދު ގުޅުން ގޯސްވެ، ދެ މީހުން އެއްގޮތަކަށް ބައްދަލުވެ ވާހަކަ ވެސް ނުދައްކާ ކަމަށް މީޑިއާތަކުން މިހާތަނަށް ރިޕޯޓްކުރަމުން އައިސްފައިވެ އެވެ. ނަމަވެސް އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ މި އަހަރުގެ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން އައިއެފްއެފްއެމް) ގައި ކަރަން އާއި ކާތިކް ވަނީ އެކީގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ ނޫސްވެރިން ކުރި ސުވާލުތަކަށް އުފާވެރި މާހައުލެއްގައި ޖަވާބު ވެސް ދީފަ އެވެ.
View this post on Instagram
އެ ނޫސް ކޮންފަރެންސްގައި ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޑައިރެކްޓަރު ބުނީ ކާތިކާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ މީހުން އެކީގައި މަސައްކަތްކުރަން ވެސް ބޭނުންވާ ކަމަށެވެ. އޭގެ ރައްދުގައިި ކާތިކް ވެސް ބުނީ އޭނަ ހުރީ ކަރަންއާ އެކީ މަސައްކަތްކުރަން ތައްޔާރަށް ކަމަށެވެ.
ކަރަން ބުނި ގޮތުގައި ޕްރޮޖެކްޓަކަށް ކާތިކާ އެކީ މިހާރު ވެސް އަންނަނީ މަޝްވަރާތަކެއް ކުރެވެމުންނެވެ. އަދި އެއީ "ދޯސްތާނާ 2" ތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ކަރަން ސަމާސާ ކުރަމުން ބުނީ ސިއްރު ވާހަކަތައް ނާހަން އެދޭ ކަމަށާއި އެހެން ނޫނީ ހަދަން ޖެހޭނީ ދޮގު ކަމަށެވެ.
"ދޯސްތާނާ 2" އިން ކާތިކް ވަކިކުރިކަން ދަރުމާ އިން އިއުލާން އިއުލާންކުރީ އެޕްރީލް 16، 2021 ގަ އެވެ. އެ ބަޔާނުގައި ބުނީ ޕްރޮފެޝަނަލް އިޝޫތަކެއް ދިމާވެ، ފިލްމުގެ ކާސްޓަށް ބަދަލުތަކެއް ގެންނަން ނިންމި ކަމަށެވެ. އެކަމަކު ފިލްމުން ކާތިކް ވަކިކުރަން ނިންމީ ސީދާ ސަބަބެއް މިހާތަނަށް އޮތީ ސާފުނުވެ އެވެ.
— Dharma Productions (@DharmaMovies) April 16, 2021
"ދޯސްތާނާ 2" އަކީ ދަރުމާ އަށް ކާތިކް ސޮއިކުރި ފުރަތަމަ ފިލްމެވެ. ކޮލިން ޑި ކަންހާ ޑައިރެކްޓްކުރަން ފެށި ފިލްމުން ކާތިކް ވަކިކުރި ފަހުން އޭގެ އެއްވެސް މަސައްކަތެއް ފަހަކުން ނުކުރެ އެވެ. ފިލްމުގެ ކާސްޓްގައި ޖާންވީ ކަޕޫރާއި އާ އެކްޓަރު ލަކްޝް ލަލްވާނީ ވެސް ހިމެނެ އެވެ.
"ދޯސްތާނާ 2" އަކީ ދަރުމާގެ 2008 ގެ "ދޯސްތާނާ" ގެ ސީކްއެލް އެވެ. ތަރުން މަންސުކާނީ ޑައިރެކްޓްކުރި އެ ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން އަބީޝެކް ބައްޗަނެވެ.

ބެލެވޭ ގޮތުން ކާތިކާ އެކީ "ދޯސްތާނާ 2" ފުރިހަމަކޮށް ގެނެސްދޭނެ އެވެ. އަދި އެކަން ވަރަށް އަވަހަށް ދަރުމާ އިން އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.
މިހާރު ބޮލީވުޑްގައި އެންމެ ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކް އެންމެ ފަހުން ފެނިފައި ވަނީ ޖޫންގައި ރިލީޒްކުރި "ސަތިއަޕްރޭމް ކީ ކާތާ" އިންނެވެ.