އިންޑިއާގެ ކުރީގެ ބަތަލާ ޖަޔާ ޕްރަދާ ހިންގަމުން އައި ސިނަމާއެއް ބަންދުކުރި އިރު އެތަނުގެ މުވައްޒަފުންގެ އިންޝުއަރެންސަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި މައްސަލައެެއްގައި އޭނަގެ މައްޗަށް ހަ މަހުގެ ޖަލު ހުކުމަކާ އެކީ 5،000 ރުޕީސްގެ ޖޫރިމަނާއެއްކ ދައްކަން ހުކުމްކޮށްފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީގެ މެމްބަރެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތްކުރި 61 އަހަރުގެ ބަތަލާ އަށް ޗެންނާއީ ކޯޓުން ހުކުމްކުރީ އެމްޕްޔީސް ސްޓޭޓް އިންޝުއަރެންސް އޭއެސްއައި) އަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި މައްސަލައިގަ އެވެ.
މިކަމާ ގުޅިގެން ޖަޔާއާ އެކީ އޭނަގެ ސިނަމާ ވިޔަފާރީގައި ހިއްސާވި ރާމް ކުމާރާއި ރާޖާ ބާބޫ ކިޔާ މީހަކަށް ވެސް ދައުވާކޮށް، ކުށް ސާބިތުވެ ހުކުމް އިއްވާފައިވެ އެވެ.
އިންޝުއަރެންސް ފައިސާގެ މައްސަލާގައި ޖަޔާ އާއި އޭނަގެ ވިޔަފާވެރީގެ ހިއްސާދާރުންނަށް ދައުވާކުރީ މުވައްޒަފުންފެ ފަރާތުން ލޭބަ ގަވަރަމަންޓް އިންޝުއަރެންސް ކޯޕަރޭޝަނަށް ހުށަހެޅުމާ ގުޅިގެންނެވެ.
ޖަޔާ އަކީ 70 ގެ ފަހުކޮޅުން ފެށިގެން 90 އަހަރުތަކާ ހަމައަށް ފިލްމީ މަސައްކަތުގައި ވަރަށް ފާހަގަކޮށްލެވުނު ބަތަލާއެކެވެ. އޭނަގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އަދި ރަންޒަމާނުގައި ޖަޔާ އަކީ އެންމެ މަޝްހޫރު އެކްޓަރުންނާ އެކީ ފިލްމުތަކެއް ކުޅުނު ބަތަލާއެކެވެ.