Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އިލްޔާސްގެ ކެމްޕޭން ހުވަދޫގައި ފޯރި ގަދަކޮށް

ފޮޓޯ: އަހްމަދު އަންވަރު

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭން ހަރަކާތްތައް ހުވަދު އަތޮޅުގެ ރަށްތަކުގައި ފޯރިއާއެކު ކުރިއަށްގެންގޮސްފިއެވެ.

އިލްޔާސް އަދި ޑިމޮކްރެޓްސްގެ އިސްބޭފުޅުންގެ ތެރޭގައި ހިމެނޭ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ބައެއް މަޖިލިސް މެންބަރުން އަންނަނީ އިލްޔާސްގެ ކެމްޕޭންގައި ހުވަދު އަތޮޅުގެ ރަށްތަކަށް ދަތުރުކުރަމުންނެވެ.

އެގޮތުން މިއަދު ހެނދުނު ގެމަނަފުއްޓަށް ވަޑައިގަތުމުން ރައީސް ނަޝީދަށް އަދި ކެންޑިޑޭޓް އިލްޔާސް ލަބީބަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އެ ރަށުގައި ދިރުން ދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލުކުރައްވާ ކެމްޕޭން އަންނަނީ ކުރިއަށް ގެންދަވަމުންނެވެ.

ކެމްޕޭނަށް ހުވަދު އަތޮޅުގެ ރަށްތަކަށް ދަތުރު ފައްޓަވާފައިވަނީ އިއްޔެއެވެ. އިލްޔާސް ހުވަދޫ އަށް ކުރައްވާ ދަތުރުގައި އެ އަތޮޅުގެ އެކި ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކޮށް ކެމްޕޭނުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ކެމްޕެއިންގައި އިލްޔާސާއި ނަޝީދު މީގެކުރިން ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ދ އަދި ތ. އަތޮޅަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.