Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވާރެއްދޫ ފަޅު ގަތަރުގެ ވިޔަފާރިވެރިއަކަށް ވިއްކާލައިފި

ވިލާ ކުންފުނީގެ ދަށުގައި އޮތް ކ.ވާރެއްދޫ ފަޅު ޤަތަރުގެ ވިޔަފާރިވެރިއަކަށް 20 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

މިމުޢާމަލާތާއި ބެހޭގޮތުން ރާއްޖޭގެ ނޫހެއް ކަމުގައި "ދައުރު" އިން ރިޕޯޓު ކޮށްފައިވާގޮތުގައި، މި ފަޅު ވިއްކާލާފައިވަނީ 20 މިލިއަން ޑޮލަރަށް ނުވަތަ 350 މިލިއަން ރުފިޔާއަށެވެ.

މި ފަޅު ވިއްކާލާފައިވަނީ ރާއްޖޭގެ މަޝްހޫރު ރިސޯޓު ވާލްޑޮފް އެސްޓޯރިއާގެ ރިސޯޓުގެ ވެރިފަރާތް ކަމަށްވާ ޤަތަރުގެ ވިޔަފާރިވެރިޔާ ރާމިޒް އަލް-ހަޔަތު އަށެވެ. އަދި މި މުޢާމަލާތާއި ބެހޭ އެންމެހައި ކަންކަން މިހާރު ނިމި ފައިސާވެސް ވިލާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި މުޢާމަލާތް ހިންގާފައިވަނީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް މެދުވެރިވެގެން ކަމަށް ވެއެވެ. އަދި މި އެއްބަސްވުމުގައި ވިލާ ގުރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ގްރޫޕުގެ މެނޭޖިންގް ޑިރެކްޓަރ ސިޔާދު ޤާސިމްއެވެ.

މިވަގުތު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން ހުންނެވި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަށުގައި އޮތް މި ފަޅު ވިއްކާލިއިރު، އޭގެ ކުރިން އަޑު ފެތުރިގެން ދިޔައީ ކ. ވާވެއްދި ފަޅު ވިލާ ކުންފުނިން ވިއްކާލަން އުޅޭ ކަމުގެ ވާހަކައެވެ. އަދި އެކަން އޭރު އޭސީސީންވެސް ހުއްޓުވިއެވެ. ނަމަވެސް ފަހުން އޭސީސީން ވަނީ ވިއްކުމުގައި މައްސަލައެއް ނެތް ކަމަށް އަންގާފައެވެ.