ސަލާންޖަހާ މީހަކަށް ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ފައިސާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ތައުރީފު ލިބެން ފަށައިފި އެވެ.
އިވެންޓަކަށް ހާޒިޒިވުމަށް ފަހު ސުހާނާ ދަނިކޮށް ސަލާންޖަހަން މަގުމަތީގައި އުޅުނު މީހަކު ކައިރި އަށް ގޮސް ފައިސާ ދޭން އެދުމުން އަތުގައި އޮތް ކުޑަ ވޮލެޓެއް ހުޅުވާލައި 500 ރުޕީސްގެ ދެ ނޫޓް ނަގައި އެ މީހާ އަށް ސުހާނާ ދޭ ތަން ފެނެ އެވެ. މި ވިޑިއޯ އާންމުވުމާ އެކު، ސުހާނާ އަށް ގިނަ ބަޔަކު ތައުރީފުކޮށް ބުނެފައި ވަނީ ވަރަށް ހިތްތިރު ކުއްޖެއް ކަމަށާއި އޭނަގެ ފަރާތުން ފެނުނީ ޝާހްރުކްގެ ފަރާތުން ވެސް ފެންނަ ކަހަލަ ރީތި ސިފައެއް ކަމަށެވެ.
ސުހާނާ، 22، އަކީ ޝާހްރުކްގެ ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނަގެ ފުރަތަމަ ފިލްމު "ދި އާޗީސް" ނެޓްފްލިކްސް އިން ބެލުންތެރިންނަށް ގެނެސްދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ބައްޕަ ޝާހްރުކާ އެކީ ފިލްމެއް ކުޅެން ލިބުމުގެ އިތުރަށް އާއިލީ ގާތް ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމަކުން ވެސް ސުހާނާ އަށް މިހާރު ވަނީ ފުރުސަތު ލިބިފަ އެވެ.