Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ޑިމޮރެކްޓްސްގެ މެނިފެސްޓޯ މާދަމާ ލޯންޗް ކުރަނީ

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީ، ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ މާދަމާ ލޯންޗްކުރަން ނިންމައިފި އެވެ.

އެ ޕާޓީގެ މެނިފެސްޓޯ މާދަމާ ރަސްމީކޮށް ލޯންޗްކުރަން ނިންމާފައިވާ އިރު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭންގެ ތެރޭގައިި މެނިފެސްޓޯގެ މުހިއްމު ބައެއް ކަންކަން މިހާތަނަށް ހިއްސާކުރައްވާފައިވެ އެވެ. ޑިމޮކްރެޓްސްގެ މެނިފެސްޓޯ އެކުލަވާލާފައި ވަނީ ޕާޓީ އުފައްދަން ނިންމިކަން އިއުލާންކުރި ހިސާބުން ރާއްޖޭގެ އެކި ހިސާބުތަކަށް ޕާޓީގެ އިސް ވެރިން ވަޑައިގެން އާންމު ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ވެސް ކުރުމަށް ފަހު ރައްޔިތުންނާއި ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ.

ޑިމޮރެކްޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސްގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އޭނަ އަކީ ޑިމޮރެކްޓްސްގެ މެނިފެސްޓޯ އެކުލަވާލުމުގައި އިސް ރޯލެއް އަދާކުރެއްވި ބޭފުޅެކެވެ.

ޑިމޮކްރެޓްސް އިން މިހާރު ވަރަށް ފޯރީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕޭން ކުރަމުން އަންނަ އިރު، މި ކެމްޕޭންގައި އިލްޔާސާ އެކީ އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އަންނަ މަހުގެ 9 ގައި ރިޔާސީ އިންތިހާބު ބާއްވާ އިރު، 8 ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ޕާޓީތަކުން ވާދަކުރައްވާ ފަސް ބޭފުޅަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ބޭފުޅެކެވެ.