ސިއްހީދާ ދާއިރާ އަށް ހާއްސަ އާ ދެ އުފެދެއްދުމެއް އެސްޓީއޯ އިން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
ރޭ ކްރޮސްރޯޑްސްގައި ބޭއްވި ހަފުލާއެއްގައި ތައާރަފުކުރި ދެ އުފެއްދުމަކީ ޖަޕާނުގެ މަޝްހޫރު އަދި އެހާމެ މަގުބޫލު ބްރޭންޑެއް ކަމަށްވާ ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނީޓަރެވެ.
މި އުފެއްދުންތައް ތައާރަފުކޮށް ދެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީ އެވެ. އެ ހަފުލާގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލާއި އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދާއި ނީހޮން ކޯޑެން ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު ހިރޮޓްސޫނީ ކޮބަޔާޝީ އިވެރިވެވަޑައިގެންނެވި އެވެ.
ނިހޯން ކޯޑެން މި އުފެއްދުންތަކަކީ އިމަޖެންސީ ރޫމާއި އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫ ކުގެ އިތުރުން ހޮސްޕިޓަލުގެ ކޮންމެ ޑިޕާޓްމެންޓެއްގައިވެސް ބޭނުންކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ އެއްޗިއްސެވެ.

އެގޮތުން އަލަށް ތާރަފުކުރި ވެންޓިލޭޓަރަކީ އެކި އުމުރުފުރައިގެ ނިއޯނޭޓަލް ޕޭޝަންޓުން ވެންޓިލޭޓް ކުރުމަށް ސިއްހީ ހިދުމަތްދޭ މީހުން ބޭނުންވާ ހުރިހާ ގާބިލުކަމެއް އެކުލެ ވޭގޮތަށް ފަރުމާކޮށްފައިވާ އުދެއްދުމެކެވެ. އިންވޭސިވް އަދި ނޮން-އިންވޭސިވް ވެންޓިލޭޝަން އާއި ހައި ފްލޯ އޮކްސިޖަން ތެރަޕީގެ މެދުގައި މެދުކެނޑުމެއް ނެތި ބަދަލު ގެނައުމުގެ ގާބިލުކަން ލިބިފައިވާ މި ވެންޓިލޭޓަރުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންގެ ވޯކްފްލޯ އަވަސްވެ ބަލިމީހާ އަށް ބޭނުންވާ ފަރުވާ ވަގުތުން ދިނުމަށް އެހީތެރިވެދެ އެވެ.
އެސްޓީއޯ އިން ބުނީ އަލަށް ތައާރަފުކުރި މި އުފެއްދުންތަކަޑް އަހުލުވެރިކުރުމުގެގޮތުން ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް މިއަދާއި މާދަމާ ކުރިއަށް ދާނެ ކަމަށެވެ.