ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. މާފަރު ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވައިފިއެވެ.
މާފަރު ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވާފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މާފަރަށް ވަޑައިގެންނެވެ.
މާފަރު ފުޓުބޯޅަ ދަނޑަކީ، ޓަރފް އަޅައި ޒަމާނީފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މާފަރު ފުޓުބޯޅަދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައި ވަނީ، ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ދަނޑުގެ ޓަރފް އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑް އިންނެވެ.
ކެމްޕޭނަށް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހް ވަޑައިގަންނަވަނީ އެކި ރަށްރަށުގައި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވަމުންނެވެ.