ދ.ކުޑަހުވަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫއު ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އަށެވެ.
މި މަޝްރޫއު އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 89,999,985.60 ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރުއުގެ ދަށުން ރަށުގެ އުތުރުފަރާތު ބަނދަރު ބޭރުތޮށި 176 މީޓަރުގެ ވާޓަރު ދެފަރާތަށްވާގޮތަށް އިތުރުކޮށް، ބޮޑުހިލަ ބޭރުތޮށި 321 މީޓަރު އިތުރުކޮށް، 90 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ޤާއިމުކޮށް، ބަނދަރާއި އިންވެގެން 75މީޓަރު ރިވެޓްމަންޓް، ޤާއިމުކޮށް، މިހާރުގެ ބަނދަރު އަދި ބޮޑުކުރެވޭ ބަނދަރުގައި ފައްތިޔާ ޤާއިމުކޮށް، ބޮޑުހިލަ ބޭރުތޮށްޓަށް އެރޭނެ ކޮންކްރީޓް ބްރިޖް، ނެރުބައްތި އަދި ބޮޑުހިލަ ނެރުފައިކަށި 150 މީޓަރު އިތުރަށް ޤާއިމް ކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫގައި ފާހަގަކުރެވިފައިވާ ބަނދަރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބަނދަރު ތަރައްޤީ ކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މައުލޫމާތުދެއެވެ.