އިދިކޮޅު ޕީޕީއެމް ޕީއެންސީން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހުވަދު އަތޮޅުގެ ރަށްތަކަށް ދަތުރުފަށައިފިއެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވަނީ މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
ހުވަދު އަތޮޅުގެ ރަށްތަކަށް ކުރާ ކެމްޕޭން ދަތުރުގައި ހިމެނޭ ޓީމުގައިވެސް އިސްކޮށް ހުންނެވީ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފެވެ. މީގެއިތުރުން މި ޓީމުގައި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން، މާލެސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަދި ޕީޕީއެމް ޕީއެންސީގެ އިސްފަރާތްތަކުން ބައިވެރިވެފައިވެއެވެ.
އަޅުގަނޑުމެން މިފުރަނީ ހުވަދު އަތޮޅު އުތުރާއި ދެކުނަށް ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައި ދިނުމަށް! އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ރިޔާސީ އިންތިޙާބުގައި އެންމެ ގިނަވޯޓް ކެންޑޮޑޭޓް ނަމްބަރ 4 ޑރ. މުއިއްޒުއާއި ސެމްބެއަށް ކަށަވަރު ކުރާނީ ހުވަދު އަތޮޅުން! @HucenSembe… pic.twitter.com/5fzTFrH0EK
— Ahmed Narysh (@ahmed_narysh) August 15, 2023
ހުވަދު އަތޮޅަށް ކެމްޕޭން ދަތުރުތައް ފެށިއިރު، އިދިކޮޅު ކެންޑިޑޭޓް މުއިއްޒު އަންނަނީ ހއ. އަދި ހދ. ގެ ރަށްތަކަށް ކެމްޕޭން ދަތުރުތައް ކުރައްވަމުންނެވެ. އެގޮތުން މިއަދު ހއ. ކެލާއަށް އަދި ބާރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އޮގަސްޓް 17 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ވ. މ. ފ. އަދި ދ. އަތޮޅުގެ ރަށްތަކަށްވެސް މުއިއްޒު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.