ގދ. ހޯނޑެއްދޫގައި ހުންނަ އެ ރަށު އެމްޑީޕީ ޖަގަހައަށް ބަޔަކު ގެއްލުން ދީފިއެވެ.
ހޯނޑެއްދޫގައި ހުންނަ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހާ ގެއްލުންދީފައިވާއިރު މިކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން އެ ޖަގަހައާއި އެތަނުގައި ހުރި ތަކެއްޗަށް ކަޅުތެޔޮޖަހާ ގެއްލުންދީފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެ ރަށްރަށުގައި ފޯރީގައި ކެމްޕޭން ކުރަމުން އަންނައިރު، ދޭތެރެ ދޭތެރެއިން މިފަދަ ހާދިސާތައް އަންނަނީ މީޑިއާގެ ސަމާލުކަމަށް އަންނަމުންނެވެ.
އެގޮތުން މަޑަވެލީގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާ ބޭއްވުމަށް ޖަމަހެހިފައިއޮތް ތަނުގައި ރޯކޮށްލާ ގެއްލުންދީފައިވެއެވެ.