Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މާވަށު އައިސްޕްލާންޓް ހަދަން ފެނަކަ އަށް

ލ. މާވަށު އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމުގެ މަސައްކަތް ފެނަކައާ ހަވާލު ކޮށްފިއެވެ.

މި މަސައްކަތް ފެނަކައާ ހަވާލު ކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެގޮތުން ސޮއިކޮށްފައިވަނީ މާވަށުގައި ސަރުކާރުން ގާއިމުކުރާ 25 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކޮށް ހިންގުމަށެވެ.

މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކުންފުނީގެ އެމްޑީ އަހުމަދު ސައީދެވެ.