Last Updated: July 18, 13:50
Saturday, July 18, 2026
ދުނިޔެ

ނަމާލް އަށް ދެވަނަ ދަރިއެއް

ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސާ އަށް ދެވަނަ ކުއްޖަކު ލިބިއްޖެ އެވެ.

ހޮސްޕިޓަލްގައި ދަރިފުޅާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކި އޭނަ ސޯޝަލް މީޑިއާގައި މިއަދު ބުނީ އާއިލާ އަށް އިތުރުވި އާ މެމްބަރާ އެކީ ހަޔާތުގެ އާ ބާބެއް އަނެއްކާ ވެސް ފެށުނީ ކަމަށާއި އެއީ މިހާރު މެމްބަރުންގެ އާއިލާއެއް ކަމަށެވެ. ނަމާލްގެ ޕޯސްޓްގައި ދަރިފުޅާއި އަންހެނުންގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ލިބުނީ ކޮން ކަހަލަ ކުއްޖެއް ކަމަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމާލް އާއި ލިމިނީ ވީރަސިންގަ ކައިވެނިކުރީ 2019 ގަ އެވެ. އެ މީހުންނަށް ފުރަތަމަ ލިބުނީ ފިރިހެން ދަރިއެކެވެ.

ނަމާލް، 37، އަކީ ލަންކާގެ އެންމެ ނުފޫޒު ގަދަ ސިޔާސީ އާއިލާ ކަމަށްވާ ރާޖަޕަކްސަ އާއިލާގެ މެމްބަރެކެވެ. އޭނަ އަކީ އެ ގައުމުގެ ބޮޑުވަޒީރުކަމާއި ރައީސްކަން ވެސް ކުރެއްވި މަހިންދަ ރާޖަޕަކްސާގެ ދަރިއެކެވެ. ނަމާލް އަކީ ޔޫތު މިނިސްޓަރުކަމުގެ އުތުރުން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކޮށްފަ އެވެ.

އޭނަ ޔޫތު އެންޑް ސްޕޯޓްސްގެ މަގާމު އަދާކުރީ 2020-2022 އަށެވެ.