ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. އަދި ހދ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ސްޕޯކްސްޕާސަން މެންބަރު އިމްތިޔާޒް ފަހުމީ މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ކެމްޕޭނަށް އޮގަސްޓް 16 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވާނެ ކަމަށެވެ.
މިދަތުރުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މި މަހު 20 ވަނަ ދުވަހުން 23 ވަނަ ދުވަހަށް ނ. އަތޮޅަށް ކެންޑިޑޭޓް އިލްޔާސް ދަތުރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަނިންމޭޓް ހުސައިން އަމްރުގެ ދަތުރުފުޅުވެސް މި ހަފްތާއަށް ތާވަލުކުރެވިފައިވާ ކަމަށާއި އެގޮތުން ބ. އަތޮޅަށް މި ހަފްތާގައި ވަޑައިގަންނަވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ރޭގައި އިފްތިތާހު ކޮށްފައިވާއިރު، ޑިމޮކްރެޓްސްގެ ކެމްޕޭން ހަރަކާތްތައް އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން ރަށްރަކަށް ދަތުރުކޮށް ދޮރުން ދޮރަށް ހިންގަވާ، ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވައެވެ. އަދި ޑިމޮކްރެޓްސްގެ ސިޔާސަތުތައްވެސް ހާމަކުރައްވާ ރައްޔިތުންނަށް ސާފުކޮށްދެއްވަމުންދެއެވެ.