Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

މާލޭ ދާއިރާގެ ކެމްޕޭން ޓީމްތަކާ ނަޝީދު ބައްދަލުކޮށްފި

ފޮޓޯ: އަހްމަދު އަންވަރު

ދަ ޑިމޮކްރެޓްސްގެ މާލޭ ދާއިރާގެ ކެމްޕޭން ޓީމްތަކާ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ރައީސް ނަޝީދު ކުރިއަށް ގެންދަވާފައިވަނީ ޑިމޮކްރެޓްސްގެ އޮފީހެއްގެ ގޮތުން ބޭނުންކުރަމުންގެންދާ ގ. ބޮޑުފެންވަޅުގޭގައެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި މެންބަރު އިލްޔާސް ލަބީބް އަދި ރަނިންމޭޓްގެ ގޮތުގައި ހުސައިން އަމްރު ހަމަޖެއްސިއިރު އިލްޔާސްގެ ކެމްޕޭން ހަރަކާތްތައް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަވަމުންނެވެ.

ޑިމޮކްރެޓްސްގެ މާލޭގެ ކެމްޕޭން ޓީމްތަކާ ރައީސް ނަޝީދު ބައްދަލުކުރައްވާއިރު، މި ބައްދަލުވުމުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ރައީސް ނަޝީދު އަދި ކެންޑިޑޭޓް އިލްޔާސް ކެމްޕޭނަށް ހއ. އަދި ހދ. އަތޮޅަށް ފުރާވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.