Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ގަން ހޮސްޕިޓަލް އަޅާ ބިން ސާފުކުރަން ފަށައިފި

ލ. ގަން ހޮސްޕިޓަލް އިމާރާތްކުރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، ލ. ގަން ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ސާފު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 11,830 އަަކަ މީޓަރުގެ ސަރަޙައްދެއްގައި 130 އެނދުގެ 2 ފަންގިފިލާ އިމާރާތެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ލ. ގަން ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއަކީ 30.68 މިލިއަން ޔޫރޯ ގެ މަޝްރޫއެކެވެ.