Last Updated: July 15, 17:55
Wednesday, July 15, 2026
ކުޅިވަރު

އަންހެން ވޯލްޑް ކަޕްގެ ފައިނަލަށް ސްޕެއިނާއި ޔޫކޭ

މި އަހަރުގެ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލަށް ސްޕެއިނާއި އިނގިރޭސިވިލާތް ނުކުންނަކަން ކަށަވަރުވެއްޖެ އެވެ.

ފައިނަލްގެ ދެވަނަ ޖާގަ އިނގިރޭސިވިލާތުން ކަށަވަރުވީ އޮސްޓްރޭލިއާ ދެކޮޅަށް މިއަދު ކުޅުނު މެޗް 3-1 އިން ކާމިޔާބުކޮށްގެންނެވެ. މިއާ އެކީ މިއީ އެ ގައުމު އަންހެން ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިއީ އަންހެނުންގެ ނުވަ ވަނަ ވޯލްޑް ކަޕެވެ.

ސްޕެއިން ފައިނަލުން ޖާގަ ހޯދީ މި މަހުގެ 15 ގައި ސްވިޑްންއާ ދެކޮޅަށް ކުޅުނު މެޗް 2-1 އިން ކާމިޔާބުކޮށްގެންނެވެ.

ޖުމްލަ 32 ގައުމަކުން ވާދަކުރި އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު ސިޑްނީގަ އެވެ. މި އަހަރުގެ މި މުބާރާތް ފެށީ މިދިޔަ މަހުގެ 20 ގަ އެވެ. މެޗްތައް ކުޅުނީ މެޗްތައް އޮސްޓްރޭލިއާ އާއި ނިއުޒީލެންޑްގެ ގައުމުގެ ނުވަ ސިޓީއެއްގެ 10 ސްޓޭޑިއަމެއްގަ އެވެ.

އަންހެން ވޯލްޑްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ އެމެރިކާ އެވެ.