Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ޑެންގޫ ޖެހިގެން ޒަރީން އެޑްމިޓްކޮށްފި

ބޮލީވުޑްގެ ބަތަލާ ޒަރީން ޚާނަށް ޑެންގޫ ހުން ޖެހިގެން މިއަދު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

ހޮސްޕިޓަލްގައި ނަގާފައިވާ ފޮޓޯއެއް ވެސް އޭނަގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކޮށްފައިވެ އެވެ. އޭގައި ފެންނަނީ އޭނަ އައިވީ ގުޅާފައިވާ ތަނެވެ. ނަމަވެސް ހާލަތާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފާ ވައްތަރު ގޮތެއް ހުންނަ ކަމަށް ގިނަ ބަޔަކު ބުނާ ޒަރީން އަކީ ސަލްމާން ޚާންގެ 2010 ގެ ފިލްމު "ވީރު" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ. އެކަމަކު އޭނަ އަކީ މިހާތަނަށް އިންޑަސްޓަރީން މާ ބޮޑު ކުރިއެރުމަކާއި މަޝްހޫރު ކަމެއް ލިބުނު ބަތަލާއެއް ނޫނެވެ.

ޒަރީން، 36، ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް 2"، "ހޭޓް ސްޓޯރީ 3"، "ވަޖާ ތުމް ހޯ"، "އަކްސަރު 2" އަދި "1921" ހިމެނެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "ހަމް ވީ އަކޭލޭ ތުމް ބީ އަކޭލޭ" އެވެ.