ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތައް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީން ގުޅައިލުމަށް ތައްޔާރުވަމުން އަންނާތީ މި ދަތުރުތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ހިލޭ ދަތުރުތަކެއް ބާއްވަން ނިންމައިފި އެވެ.
މި ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން މ މަހުގެ 24 އާ ހަމައަށެވެ. މި ދަތުރުތައް ބާއްވަނީ އައްޑޫ ފޭދު އާއި ފުވައްމުކަލަކާއި ގދ. ވާދޫ މެދުވެރިކޮށް ކުރެވޭ ގޮތަށެވެ. އެހެންވެ މި ދަތުރުތަކާ ބެހޭ ތާވަލާއި ދަތުރުތަކާ ބެހޭ މައުލޫމާތު ހޯދޭނެ ފޯކަލް ޕޮއިންޓްގެ ނަމްބަރުތަކެއް ވަނީ އާންމުކޮށްފަ އެވެ.
އާރްޓީއެލް އަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ޕްލޭނިން މިނިސްޓްރީން ދެމުން އަންނަ ހިދުމަތެކެވެ. އެގޮތުން މި ހިދުމަތް ރާއްޖެ 8 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ އިރު، އެންމެ ފަހުން ހިދުމަތް ފެށީ މިދިޔަ މަހު ޒޯން ފަހެއްގައި ހިމެނޭ ގދ އާއި ގއ. އަތޮޅުގަ އެވެ.
އައްޑު އާއި ފުވައްމުލައް ހިމެނެނީ ޒޯން ހައެއްގަ އެވެ މި ދެ ޒޯނަށް އާރްޓީއެލް ފެރީ ތައާރަފުކުރަން ތައްޔާރުވަމުން އަންނާތީ އެކަމާ ބެހޭ މައުލޫތު ސެޝަންތަކެއް ވެސް އަންނަނީ ބާއްވަމުންނެވެ.
އެމްޓީސީސީން މިހާރު ވެސް އައްޑު އާއި ފުވައްމުލަކާ ދެމެދު ފެރީގެ ހިދުމަތް ދެ އެވެ.