Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

އިންޑިއާ އިން ފޮތްތަކެއް ހަދިޔާކޮށްފި

އިންޑިއާއިން 7،000 އަށް ވުރެ ގިނަ ފޮތް ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޔެ ޖަމާލުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަދިޔާކޮށްފައި ވަނީ ޖުމްލަ 7،115 ފޮތް ކަމަށެވެ. މީގެ ތެރޭގައި އެކި ދާއިތަކުގެ ފޮތްތައް ހިމެނެ އެވެ.

ފޮތްތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ.

ފޮތް ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި އިއުލާނުކުރެއްވި، 215 ސްކޫލެއްގައި "އެންރިޗިންގް ސްކޫލް ލައިބްރަރީޒް" ޕްރޮޖެކްޓަށް ހަދިޔާކުރި ފޮތްތަކެއް ކަމަށެވެ. އެ ޕްރޮޖެކްޓްގެ ފުރަތަމެ ބެޗްގައި 10،000 އަށް ވުރެ ގިނަ ފޮތް ހަދިޔާކުރަން ހަމަޖެހިފައިވެ އެވެ.