އުރީދޫ މަސްރޭސް 2023 – އައްޑޫ އެޑިޝަންގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް އައްޑޫލައިވް ހަމަޖައްސައިފިއެވެ.
އުރީދޫގެ މަސްރޭސް މިފަހަރު 4 ރާއްޖޭގެ 4 ސިޓީއެއްގައި ބާއްވަން ނިންމާފައިވާއިރު، މިހާތަނަށް މަސް ރޭހުގެ ދެ އެޑިޝަން ވަނީ ނިންމާފައެވެ. އަދި އައްޑޫ އެޑިޝަން މާދަމާ ކުރިއަށް ދާނެއެވެ. މިފަހަރު އައްޑޫ ބާއްވާ އައްޑޫ އެޑިޝަނުގައި 13 ޓީމެއް ބައިވެރިވެއެވެ.
އައްޑޫލައިވް އޮންލައިން މީޑިއާ ޕާޓްނަރަކަށް ވެފައިވާއިރު، މަސް ރޭހުގެ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދޭނެއެވެ. އެގޮތުން އައްޑޫގައި މަސް ރޭހާއި ގުޅިގެން ކުރިއަށް ދާ ހަރަކާތްތަކާއި، މިއާއި ގުޅުން ހުރި މުހިންމު މައުލޫމާތުތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އުރީދޫ މަސް ރޭހަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އަދި އެންމެ ފުޅާކޮށް ހިނގާ މަސް ރޭހެވެ. މި މަސް ރޭހުގައި ގިނަ ޓީމުތަކުން ބައިވެރިވާއިރު ބޮޑެތި އިނާމުތަކެއް ލިބިގެން ދެއެވެ.
Happy to onboard @addulive as the Online Media Partner for #OoredooMasrace3023 in Addu City happening this Friday! Stay tuned for more updates on this exciting Masrace! 🙌 pic.twitter.com/SM8rihXRaB
— Ooredoo Maldives (@OoredooMaldives) August 17, 2023
މި އަހަރުގެ މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަށް ބަލާ އިރު، ކޮންމެ ސިޓީއަކަށް ވެސް ޖުމްލަ 75،000ރ. ރުފިޔާގެ އިނާމު ދޭނެ އެވެ. އެގޮތުން ކޮންމެ ސިޓީއަކުން އެއް ވަނަ، ދެވަނަ ތިން ވަނަ ޓީމު ހޮވައި އަދި އެންމެ މޮޅު މަސްވެރިޔާ އާއި އެންމެ މޮޅު އަންހެން މަސްވެރިޔާ ވެސް ހޮވާނެ އެވެ.
* އެއް ވަނަ ޓީމު: 25،000ރ.
* ދެ ވަނަ ޓީމު: 10،000ރ.
* ތިން ވަނަ ޓީމު: 5،000ރ.
* އެންމެ މޮޅު މަސްވެރިޔާ: 1،000ރ.
* އެންމެ މޮޅު އަންހެން މަސްވެރިޔާ: 1،000ރ
ފިޝަރީޒް މިނިސްޓްރީއާ ވެސް ގުޅިގެން ބާއްވާ މި އަހަރުގެ "އުރީދޫ މަސް ރޭސް" ކުރިއަށް ގެންދަން ނިންމާފައި ވަނީ 4 އޮގަސްޓާއި 25 އޮގަސްޓާ ދެމެދުގަ އެވެ. އެގޮތުން މާލެ މުބާރާތް އޯގަސްޓް 4 ވަނަ ދުވަހު ބާއްވާފައިވާއިރު، މިމަހުގެ 11 ގައި ރޭސް ކުޅުދުއްފުށީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަދި އޮގަސްޓް 18 ގައި "އުރީދޫ މަސް ރޭސް" އައްޑޫގައި ބާއްވާ އިރު، މިމަހުގެ 25 ގައި ރޭސް ކުރިއަށް ގެންދާނީ ފުވައްމުލަކުގަ ސިޓީގައެވެ. މުޅިއެކު ރާއްޖޭގެ އެކި ކަންކޮޅޫތަކުން 83 ޓީމް ރޭހުގައި ބައިވެރިވެއެވެ.