Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެމްއޭސީއެލް އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފި

ކެއާރ ސޮސައިޓީއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުރިއަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން، 4 ކުއްޖަކަށް އެމްއޭސީއެލްގެ އެކި ޑިޕާޓްމެންޓުތަކުގައި ތަމްރީނާއި ތަޖްރިބާ ހޯދުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ. އެގޮތުން 3 މަސް ދުވަހަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމުގައި، ކޮންމެ ބައިވެރިއަކަށްވެސް މަހުން މަހަަށް އެކަށީގެންވާ އެލަވެންސެއްވެސް ވަނީ ދީފައެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ 1 މޭއި އިން ފެށިގެން 31 ޖުލައި 2023 ގެ ނިޔަލަށް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ޕްރޮގްރާމުގެ ކާމިޔާބީ ފާހަނގަކުރުމަށް އެއަޕޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އިންޓާންޝިޕްގެ ބައިވެރިންނަށް، އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ މަހްޖޫބް ޝުޖާއު ވަނީ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. މި ހަފްލާގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ކެއަރ ސޮސައިޓީގެ އިސްވެރިން ވެސް ވަނީ ބައިވެރިވަޑައިގެންނެވިއެވެ.
<blockquote class="twitter-tweet"><p lang="en" dir="ltr">We proudly celebrate the successful conclusion of the 3 month internship program for the students of <a href="https://twitter.com/CareSocietyMV?ref_src=twsrc%5Etfw">@CareSocietyMV</a>. We provided a platform for 4 students to gain work experience at MACL &amp; boost their confidence. Supporting vulnerable communities is one of our top priorities. <a href="https://t.co/lZZsme1cbs">pic.twitter.com/lZZsme1cbs</a></p>&mdash; Maldives Airports Company Ltd – MACL (@MACLmedia) <a href="https://twitter.com/MACLmedia/status/1691966171506212870?ref_src=twsrc%5Etfw">August 17, 2023</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި، ކަސްޓަމާ ސާވިސްގެ މަސައްކަތުގެ އިތުރުން، އެހެނިހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި މި ދަރިވަރުންނަށް ހާއްސަ ކުރެވިފައިވާ، ސުޕަވައިޒަރުންގެ އިރުޝާދާއިއެކު، މިކުދިންނަށް ވަނީ މަސައްކަތުގެ މާހުލުގައި މަސައްކަތުގެ ތަޖްރިބާ ހޯދާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމް.އޭ.ސީ.އެލްގެ ޖެނެރަލް މެނޭޖަރ، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، މިއީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގައި ތިބި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް، އެފަރާތްތައް ބާރުވެރިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ދެވޭ އެހީތެރިކަމެއް ފޯރުކޮށްދެވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ބައިވެރިންނަށް މަސައްކަތުގެ ތަޖްރިބާ ލިބިގެންދިއުމުގެ އިތުރުން، މިކުދިންނަށް މަސައްކަތުގެ މާހައުލަށް ނިކުތުމަށް އެޅުނު ބިންގަލަކަށް ވެގެންދާނެކަމަށް އަރީފް ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ފާއިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައި ކަމަށް އެކުންފުނިން ހާމަކުރެއެވެ.